އާޒިމާ ޝުކޫރު--
އާޒިމާ ޝުކޫރު--
ވިސާ ނެތި ރާއްޖޭގައި އުޅެމުންދާ ފަރަންސޭސިވިލާތުގެ އާއިލާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ކުރީގެ ބަންޑާރަނައިބުން ކަމަށްވާ އައިޝަތު އާޒިމާ ޝުކޫރުއާއި ދިޔާނާ ސައީދު ނިންމަވައިފިއެވެ.

ހަ މީހުންގެ އެ އާއިލާ ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންދާތާ 12 އަހަރު ވެފައިވާ އިރު ފޮރިން މިނިސްޓްރީއާ ގުޅިގެން އެ މީހުން ފޮނުވާލުމަށް ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ވަނީ ފަށައިފައެވެ.

އެހެން ނަމަވެސް ބައެއް ދިވެހީން ދަނީ އެ މީހުން ފޮނުވާނުލުމަށް ގޮވާލަމުންނެވެ. ނަމަވެސް ބައެއް ދިވެހީން ބުނީ ފަރަންސޭސި އާއިލާ ފޮނުވާނުލާ ނަމަ ނުގަވައިދުން ގިނަ ދުވަހު އުޅޭ ބަންގްލަދޭޝް މީހުންވެސް ފޮނުވާލައިގެން ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ އާއިލާއާ ގުޅޭނެ ގޮތެއް އެނގޭނަމަ އެކަން އޭނާއަށް ނުވަތަ ދިޔާނާއަށް އަންގައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ޕޯސްޓާ ގުޅިގެން ވަރަށް ގިނަ ފަރާާތްތަކަކުން ހަބަރުވި ކަމަށާއި އަދި އެ އާއިލާއާ މިހާރު ގުޅިއްޖެ ކަމަށް ވެސް އާޒިމާ ފަހުން ފޭސްބުކްގައި ވިދާޅުވިއެވެ.

ރާއްޖޭގައި އުޅެމުންދާ ފަރަންސޭސި އާއިލާއަކީ އިސްލާމް މުސްލިމު އާއިލާއެކެވެ. އަދި އެ އާއިިލާގެ ދެ ކުއްޖަކު އުފަންވީވެސް ރާއްޖޭގައެވެ.

އެ އާއިލާ ފޮނުވާނުލުމަށް ގޮވާލައި ރާއްޖޭގައި ޖަމިއްޔާއަކުން ވަނީ މުޒާޙަރާވެސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން