ވަގަށް ގޯތި ދިން މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިސްތިއުފާ ދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ބިންވެރިޔާ ސްމީކްގެ ދަށުން ގޯތި ނުލިބޭ ފަރާތެއް ކަމަށްވާާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ގޯތިދިން މައްސަަލަ ފެންމަތިވީ ގޯތީގެ ވަށާފާރު ރޭނުމަށް އެޗްޑީސީއަށް ހުށަހެޅުމުން އެޗްޑީސީން އެ ގޯތީގެ ރަޖިސްޓްރޭޝަންގެ ސަައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވި ހިސާބުން ނެވެ.
މިދިޔަ ޖުލައި މަހު ގޯތީގެ ރަޖިސްޓްރީގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ސިޓީ ފޮނުވުމުން އޮގަސްޓު މަހު ހައުސިން މިނިސްޓްރީން ޖަވާބުދީ ފޮނުވި ސިޓީގައި ބުނީ ފަޒުލް ރަޝީދަށް ބިންވެރިޔާ ސްކީމުން ގޯތި ދީފައި ނެތް ކަމަށެވެ.
އެ މައްސަލަ އެޗްޑީސީއަށް ފާހަގަވެ މިހާ ދުވަސްވީ އިރުވެސް ފުލުހުންނަށް ނާންގާ އޮތުމުން އެޗްޑީސީގެ އެމްޑީ ފަޒުލްއަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
އެ މައްސަލައިގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ މައްސަލައިގައި ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އެޗްޑީސީން ނޫން ކަމަށާއި ހައުސިން މިނިސްޓްރީގެ އިހުމާލުވެސް އެބަ އޮތް ކަމަށެވެ.
އަކްރަމް ވިދާޅުވީ ޖުލައި މަހު އެކަން ހައުސިން މިނިސްޓްރީއަށް އެނގުނު ހިސާބުން ފިޔަވަޅު ނޭޅުމުން އެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައްސަައިގައި އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑް ކޮށްގެން އެކަނި މިކަން ނިންމާނުލެވޭކަމަށާއި އެއީ އަޅުވާލި އަނދުނެއް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ގޯތި ހަވާލުކުރަނީ ހައުސިން މިނިސްޓްރީން ކަމަށާއި އަދި ވަށާފާރު ރާނަން ހުއްދަ އެޗްޑީސީން ދެނީ ހައުސިން މިނިސްޓްރީން ފޮނުވާ ލިސްޓުގައި އޮންނަނަމަ ކަމަށެވެ.
"މި ކަމުގައި ހައުސިން މިނިސްޓްރީގެ އެބައިން ބޮޑު ރޯލެއް. މިކަމުގައި ހައިދަރުގެ އިސްތިއުފާއަށް އަޅުގަނޑު ގޮވާލަން،" އަކްރަމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު