މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގަ ނުދެއްވާނެކަމަށް އެ ކުންފުނީގެ އާ ސީއީއޯ ޑރ. ވައިޓާލީ ލުބިމޯވް ވިދާޅުވެއްޖެ އެވެ.
ވައިޓާލީ މަގާމާ ހަވާލުވެވަައިގެން ވަނީ މިފްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފަ އެވެ.
އެ މަގާމަށް އަހުމަދު ނާސިރު ހަމަޖެއްސެވި އިރު އެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރަން އެކި ފަރާަތްތަކުގެ ނުފޫޒު އައިކަމަށް މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާ ކުރި މެސެޖުގައި ބުނެފައި ވެއެވެ.
އެހެން ނަމަވެސް އެފަދަ ސިޔާސީ ޕްރެޝަރތަކަށް ދިލާނުލާނެ ކަމަށް ވައިޓާލީ ވަނީ ވިދާޅުވެފަ އެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެގޮތަށް ނުފޫޒު ފޯރުވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެ ފަރާތްތައް މަގާމުން ދުރުކުމަށް ވެސް އެދޭނެ ކަމަށް ސީއީއޯ ވަނީ ވިދާޅުވެފަ އެވެ.
އަދި ސީއީއޯގެ ވިސްނުމަކީ ދެފުށް ފެންނަގޮތަށް މިނިވަންކަމާއެކު ޕްރޮފެޝަނަލްކޮށް ކަންކަން ކުރުން ކަމަށް ވެސް މިފްކޯއިން ހާމަކޮށްފައި ވެއެވެ.
ވައިޓާލީ އަކީ ވިޔަފާރީގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ އިންވެސްޓް ކޮރަސް ކެޕިޓަލްގެ ޗީފް ރިސްކު އޮފިސަރުގެ މަގާމެވެ.
ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް މިފްކޯގެ މައްސަލަތައް ކޮންމެ ސަރުކާރަކުން ވެސް ހައްލުކުރަން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު