އަވައްޓެރި ގައުމުތަކާ މައްސަލަތައް ކުރިމަތިވާނެ ގޮތަށް އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކޮށްގެން ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން މިދިޔަ އޮކްޓޫބަރު މަހު އޮތީ ނިންމައިފަ އެވެ.
އެގޮތަށް އެއްބަސްވީ އެ ރަށްތަކުގެ ރައްޔިތުންނަށް ޗާގޯސްއަށް އެނބުރި ދެވޭނެ ގޮތަށް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައި އޮންނަ ޑިއޭގޯ ގާސިއާގައި ހިންގާ އަސްކަރީ މަރުކަޒު ހުއްޓުމެއްނެތި ހިންގަމުން ދިޔުމަށް އެއްބަސްވުމުގައި ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ނަމަވެސް ޗާގޯސް ހަވާލުކުރުމާ މެދު އަނެއްކާވެސް ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އަދި އެކަން ކުރާނެ ދުވަހެއް ވެސް އަދިވެސް ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު އެކްސްގައި ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރާއިރު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަން ފާހަގަކުރައްވައިފަ އެވެ.
އަދި ޗާގޯސް ހަވާލުކުރެވޭ ގޮތުން އަވައްޓެރި ގައުމުތަކާއި އަދި މޮރިޝަސްއާ ގުޅުން ގޯސްވެދާާނެ ގޮތަކަށް އެކަން ކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް ރާއްޖެ އިން ދައުވާކޮށްކޮށް ތިއްބައި އެ ތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު މިދިޔަ އޮކްޓޫބަރު މަހު ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް ޗާގޯސް ލިބުން މާ ހައްގުކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ވެސް ފޮނުއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު