ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
މުއާޒް މަގާމުން މިއަދު އިސްތިއުފާ ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީ އޭނާ ވަނީ އެކްސްގައި އާންމު ކުރައްވައިފަ އެވެ. މުއާޒްގެ އިސްތިއުފާގެ ސިޓީގައި ވަނީ ކުންފުނި ހިންގުމުގައި ހުރި ބޮޑެތި ގޮންޖެހުންތައް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން ލިބޭ އާމްދަނީން ކުންފުނި މެނޭޖް ކުރަން ޖެހުނު ނަމަވެސް ފެނަކަ ވެއްޓިފައި އޮތް މާލީ ހާލަތުން އެކަންވުން މުސްތަޙިއްލުކަމަށް މުއާޒް ވިދާޅުވި އެވެ.
އެކަމުގެ އިތުރު ތަފްސީލް ޙިއްސާ ކުރަށްވަމުން މުއާޒް ވިދާޅުވީ އޭނާ ފެނަކައާ ހަވާލުވިއިރު އެކުންފުނީގައި 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. އަދި ފެނަކައަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ވަޒިފާ ހަަމަޖައްސަން ޖެހުނު ކަމަށާއި ކުންފުނި ސައިޒްކުރުމަށް ވެސް ކަމާގުޅުން ހުރި ފަރާތްތަކުގެ އެއްބާރުލުން ނުލިބުނުކަން މުއާޒް ފާހަގަކޮށްފައިވެއެވެ.
މުއާޒް ވިދާޅުވީ ކުންފުނި ހިންގުމުގެ ހަރަދު 160 މިލިއަން ރުފިޔާ ކުޑަކުރި ނަމަވެސް ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން ކުންފުނި މިހާރު ވެއްޓިފައިވާ ހާލަތުން އަރައިނުގަނެވޭނެ ކަމަށެވެ.
އޭގެ އިތުރުން މުއާޒް ވިދާޅުވީ ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އެތައް ފަހަރަކު ފިނޭންސް މިނިސްޓްރީގައި ކަންބޮޑުވުން ފާޅުކޮށް ހައްލުކުރަން މަސައްކަތް ކުރެއްވި ކަމަށެވެ.
ހަމައެއާއެކު ފެނަކައަށް ލިބޭ އާާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ ދެމެހެއްޓެނިވި ގޮޮތަކަށް އޮޕަރޭޝަން ކުރިއަށް ނުގެންދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާ ކަމަށާއި އެހެންކަމުން އޭނާ ހުރެގެން އެކަމަށް ހައްލެއް ލިބޭނެ ކަމުގެ މަގު ނުފެންނާތީ އިސްތިއުފާ ދޭން ނިންމެވީ ކަމަށް މުއާޒްގެ އިސްތިއުފާގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު