ފެނަކަ ހެޑް އޮފީސް
ފެނަކަ ހެޑް އޮފީސް
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ މިއަދު އެވެ.

ރައީސް އޮފީހުން ބުނީ މުއާޒްގެ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަބޫލުފުޅު ކުރައްވައި މުއާޒް އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

އަދި މުއާޒްގެ ބަދަލުގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ހ. ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހު މިއަދު އައްޔަންކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ފެނަކައަށް އާ އެމްޑީއެއް އައްޔަނުކުރެއްވި އިރު އިސްތިއުފާ ދެއްވި އެމްޑީ މިއަދު ވިދާޅުވީ ފެނަކައަށް ލިބޭ އާާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ ދެމެހެއްޓެނިވި ގޮޮތަކަށް އޮޕަރޭޝަން ކުރިއަށް ނުގެންދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާ ކަމަށާއި އެހެންކަމުން އޭނާ ހުންނަވައިގެން އެކަމަށް ހައްލެއް ލިބޭނެ ކަމުގެ މަގެއް ފެނިވަޑައި ނުގެންނެވި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން