މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ (މ)
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ (މ)
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި މުއާޒް މުޙައްމަދު ރަޝީދަކީ ދަންނަ ބޭފުޅެއްތޯ ވިދާޅުވެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ސުވާލުކުރައްވައިފިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިޢުފާ ދެއްވައި ރައީސް ޑރ. މުޢިއްޒަށް ފޮނުއްވި ސިޓީ މުއާޒް ވަނީ މިއަދު މީސް މީޑިއާގައި ޢާއްމު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ރާއީ ވަނީ ފެނަކައިގެ އެމްޑީގެ މަޤާމުން މުއާޒް އިސްތިއުފާ ދެއްވާފައިވާކަން ރައީސަށް އެނގިވަޑައިގެންފިތޯއޭ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ. އޭގެ އިތުރުން މުއާޒަކީ ދަންނަ ބޭފުޅެއްތޯވެސް ރާއީ ރައީސްގެ އަރިހުން އޭނާ އައްސަވާފައިވެއެވެ.

“އެ ސިޓީގައި ބުނެފައިވާ ވާހަކަތަށް އެއްވެސް ވަރަކަށް އިވުނުތޯ؟ ރައީސަށް ރާއްޖޭގައި، އަދި ސަރުކާރުގެތެރޭ ހިނގާ ކަންކަން، ގައުމުގެ ވަލިޔުލްއަމުރްގެ ގޮތުގައި ހުރެމެ، އެނގިވަޑައި ނުގަންނަވާތީ ހަމަ ސުވާލު ކޮށްލެވެނީއެވެ.” ރާއީ ވިދާޅުވިއެވެ.



މުއާޒްގެ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވި ކަމާމެދު ރާއީ ސުވާލު އުފައްދަވާފައިވާއިރު އެޗްޑީސީގެ ކުރީގެ ޗެއަރމަން އަޙްމަދު ޒުހޫރު އެޗްޑީސީގައި ހިނގަމުންދިޔަ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސަށް ފޮނުއްވި ސިޓީ އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާކަމަށް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް އެގޮތަށް ވިދާޅުވެފައި ވަނިކޮށް، އެ ސިޓީ ރައީސް އޮފީހަށް ލިބުނު ކަމަށްބުނާ ލިޔުން މީސްމީޑިއާގައި ވަނީ ޢާއްމުވެފައެވެ.

ފެނަކައިގެ އެމްޑީއަކީ ކާކުކަން ރައީސް މުޢިއްޒަށް އެނގިވަޑައިގަނޭތޯ ރާއީ ސުވާލު ކުރެއްވިއިރު މުއާޒު އިސްތިއުފާ ދެއްވުމުން ރައީސް ޑރ. މުޢީއްޒު މިއަދު ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް އައްޔަނު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން