ހުޅުމާލެ ފޭސް 2 ގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިއްޔެގެ ވަގުތެއްގައި ރެއިޑު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންތަކުގެ ދަށުން 26 ތަނެއް ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަތުލައިގަނެވޭ ބިދޭސީންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެ އަނބުރާ ނާދެވޭހެން ޑީޕޯޓު ކޮށްފައެވެ.

ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގާފައި. އެގޮތުން 26 ތަނެއް ބަލައި ފާސްކޮށް، 04 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@min_mohst @ShamaanW @HomeMinistrymv @PoliceMv pic.twitter.com/9zrPrqN4Jj
— Maldives Immigration (@ImmigrationMV) December 23, 2024
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަތުލައިގަނެވޭ ބިދޭސީންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެ އަނބުރާ ނާދެވޭހެން ޑީޕޯޓު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު