ބަނގުރާ ބުއި ކަމުގެ ކުށް ސާބިތުވެ މީހެއްގެ ގައިގައި ދުއްރައިން 40 އެތިފަހަރު ޖަހަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޖުލައި 22 ވަނަ ދުވަހުގެ ރޭގަނޑު 19:50ގައި ކާނިވަލް ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ތެރޭގައި ބަނގުރާ ގެންގުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމުން، އެއީ އޭނާ ބޯން ގެންގުޅުނު ތަކެތި ކަމަށް ބުނެ، އަމިއްލައަށް އިއުތިރާފްވެފައި ވެއެވެ.
ބަނގުރާ ބުއިކަމަށް އެއްބަސްވުމުން މި މައްސަލައިގައި ދައުވާ ލިބޭ މީހާއާ ޕީޖީއާ ދެމެދު އިއުތިރާފު އެއްބަސްވުމެއް ހަދާފައި ވެއެވެ. މިއާއެކު އެ އެއްބަސްވުމުގައިވާ ގޮތަށް މި ކުށުގެ އުގޫބާތެއްގެ ގޮތުން 40 އެތިފަހަރުން ޖަލްދުކުރުމާއެކު 13 ދުވަހާއި 12 ގަޑިއިރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ. އަދި 13 ދުވަހާއި 12 ގަޑިއިރުގެ ޖަލު ހުކުމް 2،700ރ.ގެ ޖޫރިމަނާ އަދަބަކަށް ބަދަލުކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު