ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިން ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެއްޖެއެވެ.
އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ މި ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ގިނަ އާއިލާތަކަކުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ އަލް މަވާސީ ކޭމްޕްތަކަށާއި ސްކޫލަކަށެވެ.
އެގޮތުން އިސްރާއީލުން ވަނީ ޣައްޒާގެ ރައްކާތެރި ސަރަހައްދުގައި ހުރި ދެ ކޭމްޕަކާއި ސްކޫލަކަށް ހަމަލާދީ 50 މީހުން ޝަހީދުކޮށްލާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ އަލް މަވާސީގެ "ސޭފް ޒޯން" ކަމަށް ބުނާ ތަނަށް އިސްރާއީލް އަސްކަރިއްޔާއިން ހަމަލާތައް ދީފައިވަނީ ޑްރޯން ބޭނުން ކޮށްގެން ކަމަށް އޮފިޝަލުން ބުނެއެވެ. މި ހަމަލާގައި ކޭމްޕުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައެވެ.
މީގެއިތުރުން މި ދަނޑިވަޅުގައި އިސްރާއީލުން ދަނީ ޣައްޒާގައި ހުންނަ ބެއިޓް ލަހިޔާގެ ކަމާލް އަދުވާން ހޮސްޕިޓަލް ބަންދުކޮށް އެތަން ހުސްކުރުމަށް މަޖުބޫރުކުރަމުންނެވެ. މީގެ ސަބަބުން އެ ހޮސްޕިޓަލުގެ އިންކިއުބޭޓަރުތަކުގައި ތިބި ތުއްތު ކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 400 އާންމުންނަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު