މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ޑުރަގް ކޯޓަށް ލަފާދިނުމަށް އުފައްދަންޖެހޭ ކޮމިޓީ އެންޑީއޭ އިން އެކުލަވާލައިފިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީން މިއަދު ބުނީ ޑްރަގް ކޯޓަށް ދޭންޖެހޭ ލަފާދިނުމަށްޓަކައި އެ އޭޖެންސީން ވަނީ ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލާފައި ކަމަށެވެ. އަދި ކުރިއަށް އޮތް މުއްދަތުގައި އެކޮމިޓީގެ ސަބް ކޮމިޓީއެއް އުފެއްދުމާ ގުޅޭގޮތުން ޑްރަގް ކޯޓާއެކު މަޝްވަރާކޮށް މިއަދު ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް އެންޑީއޭ އިން ހާމަކޮށްފައިވެއެވެ.
“މި ސަބް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.” އެންޑީއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެންޑީއޭ އިން ބުނެފައިވަނީ މިއަދުން ފެށިގެން ހުރިހާ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ މިދިޔަ އޮކްޓޫބަރު 30ގައި އަލަށް އެކުލަވާލެވުނު ޓެކްނިކަލް ކޮމިޓީއަށް ކަމަށެވެ.
އެންޑީއޭއިން އެކުލަވާލި ޓެކްނިކަލް ކޮމިޓީގައި ހިމެނޭ ފަރާތްތަކަކީ ޗެއަރޕާސަން އަދި އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ފަސީހްއާއި ވައިސް ޗެއާޕާސަން އަދި ކައުންސިލަރު، ޝަމާ ނަސީރު އާއި އެސިސްޓެންޓް ޑިރެކްޓަރު އާއިޝަތު ޝިއުނާ އާއި އެސިސްޓެންޓް ޑިރެކްޓަރު އަލީ ރިޔާޒާއި އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ސާނިހާ ސޯލިހާއި ލީގަލް އޮފިސަރު އަހްމަދު ހިލްމީ އާއި ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު ހައްވާ އަގުލާ އަހްމަދާއި ޕްރޮގްރާމް އޮފިސަރު މަރިޔަމް އާދަމާއި އެސިސްޓެންޓް ކައުންސިލަރު އަހްމަދު ފިރާގާއި އެސިސްޓެންޓް ކައުންސިލަރު އާމިނަތު ރިޔާޒާ އާއި ޑިރެކްޓަރު މަރިޔަމް އަސްރާ އެވެ.
2011 ވަނަ އަހަރު ފާސްކޮށްފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ޑްރަގް ކޯޓަށް ބޭނުންވާ ލަފާ، ނޭޝަނަލް ޑްރަގް އެޖެންސީން ދޭންވާނެ ކަމަށެވެ.
ހަމައެއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޭޝަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާ ދިނުމަށްޓަކައި، ފަންނީ ޓީމެއް ނުވަތަ ޓީމުތަކެއް އެ އެޖެންސީން އެކުލަވާލަންވާނެ ކަމަށް ޤާނޫނުގެ 45 ވަނަ މާއްދާގައިވެއެވެ. އަދި މިފަދަ ޓީމުތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި ޑްރަގް ކޯޓަށް ލިބޭނެ އިންތިޒާމު ނޭޝަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެ ކަމަށްވެސް އެމާއްދާގައި ވަނީ ބުނެފައެވެ.
އޭގެއިތުރުން ޑްރަގް ކޯޓުން އަހަރަކު އެއްފަހަރު ޚާއްސަ ރިޕޯޓެއް އެކުލަވާލައި ނޭޝަނަލް ޑްރަގް ކައުންސިލަށް ހުށައެޅުމަށް ޤާނޫނުން ވަނީ ލާޒިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު