ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށްޓަކައި ހިންގާ މަސައްކަތްތަކުގެ ތެރެއިން އަންނަ އަހަރު އަތޮޅުތަކަށް ޒިޔާރަށްކުރަން ނިންމާފައިވާ ކަމަށް ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމައު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން މިހެން ވިދާޅުވީ މިއަދު ލޯކަލް މާރުކޭޓު ސަރަހައްދުގައި ކުރިއަށް ދިޔަ ރެއިޑު އޮޕަރޭޝަންގެ ތެރެއިން ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަމުންނެވެ.
އެގޮތުން ޝަމްޢާން ވިދާޅުވީ މިއަދުގެ ރެއިޑު އޮޕަރޭޝަން ހިންގާފައިވަނީ "އިމިގްރޭޝަން ވޮޗް" އަށް މި ސަރަހައްދުގައި ބިދޭސީން ވަރަށް ގިނަ ވިޔަފާރިތަކެއް ކޮންޓްރޯލު ކުރަމުންދާ ކަމަށް ބުނެ ޝަކުވާ ލިބިފައިވާތީ ކަމަށެވެ.
"ހާއްސަކޮށް ރައްރަށުން ގެންނަ މުދާ ބިދޭސީން ގަނެ، އެއިން ވިޔަފާރި ކުރާ ވާހަކަ މައުލޫމާތު ލިބެނީ. އެހެންވެ މިއަދުގެވެސް އަދި އިއްޔެގެވެސް އޮޕަރޭޝަން ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔައީ މާރުކޭޓު ސަރަހައްދަށް." ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ ރެއިޑު އޮޕަރޭޝަން ހިންގަން ދާއިރު ބައެއް ބިދޭސީން ފިލަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ޓާސްކު ފޯހުން ކުރާ މަސައްކަތް ކާމިޔާބު ވަމުން ދާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
މިއަދު ހިންގި ރެއިޑު އޮޕަރޭޝަނުގައި ބިދޭސީންގެ ނުފޫޒު ގަދަ ކަމަށް ބުނެ މައުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު އަދި ހީނާމާގޭ ޕާކިން ސަރަހައްދު ބަލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުގައި 137 ބިދޭސީން ބަލާ ފާސްކޮށްފައި ވާއިރު، ގަވާއިދާ ހިލާފަށް އުޅެމުންދާ 25 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިގޮތަށް އަތުލައިގަނެވޭ ބިދޭސީންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.
މިއަދުގެ ރެއިޑު އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އާއި، ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދަކަމަށް "އިމިގްރޭޝަން ވޮޗް" އަށް މައުލޫމާތު ލިބިފައިވާ ދެ ސަރަހައްދެއް ކަމަށްވާ މާލޭގެ ލޯކަލް މާރުކޭޓު އަދި ހީނާމާގޭ ޕާކިންގ ސަރަހައްދަށް ހާއްސަކޮށް، ޓާސްކުފޯހުން މިއަދު ވަނީ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައި. އެގޮތުން 137 ބިދޭސީން… pic.twitter.com/HmGtNbzzee
— Maldives Immigration (@ImmigrationMV) December 25, 2024
މިއަދުގެ ރެއިޑު އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އާއި، ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު