ވެރިރަށް މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ މަގުގެ ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް މިހާރު ވަނީ ބަދަލުތަކެއް ގެންނަން ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މަގު ބަންދުކޮށްފައިވަނީ މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން ބްލޮކްތަކަށް ބަހާލައިގެން މި މަސައްކަތް ކުރަން ނިންމާފައިވާއިރު ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފުރަތަމަ މަސައްކަތް ކުރަނީ މަޖީދީމަގުގެ މާލެ ގްރޭންޑް ކުރިމަތީގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރު 2024 އިން ފެށިގެން ހަތަރެއް ޖަނަވަރީ 2025 ގެ ނިޔަލަށް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށެވެ. މިބަދަލުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި ކައުންސިލުން ވަނީ މާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު