15 ދުވަހުގެ ތެރޭގައި އަމިއްލަ ކުންފުންޏަކަށް 8 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ޙުކުމެއް ކޮށްފިއެވެ.
މާލީގޮތުން ބޮޑު އަނދަވަޅެއްގައި މިވަގުތުއޮތް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކުން 2022 ވަނަ އަހަރު ހޯދާފައިވާ ހިދުމަތާއި މުދަލުގެ އަގަށްވާ ފައިސާ ދެއްކުމަށެވެ.
އެފްއެލް ކޮންސްޓްރަކްޝަން ކުންފުނިން ސިވިލްކޯޓަށް ހުށައެޅި މައްސަލައިގައި އެދިފައި ވަނީ އެ ކުންފުނިން 11 ރަށެއްގެ އައު އިންޖީނުގޭގެ މަސައްކަތާއި، ވަށާފާރު ރޭނުމާއި އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތުގެ އަގުގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އިތުރުން ކޯޓު ހަރަދުގެ ގޮތުގައި 40،000 ރުފިޔާ ނަގައިދިނުމަށެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ކުންފުނިން ވަނީ އެއްބަސްވުންތަކުގެ ކޮޕީއާއި، މަސައްކަތުގެ އިންވޮއިސް ހުށަހަޅާފަ އެވެ.
މައްސަލައިގައި ސިވިލް ކޯޓުގެ ޤާޟީ އައިޝަތު އަޒުފާ އަބްދުއްޣަފޫރު ކުރެއްވި ހުކުމުގައި ވަނީ، މައްސަލާގައި ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ފެނަކައިން ޖަވާބުދާރީވެފައި ނުވާކަމަށެވެ. އަދި ހުކުމް ކުރެއްވީ ފެނަކައިން 15 ދުވަހުގެ ތެރޭގައި 7.9 މިލިއަން ރުފިޔާ އެކުންފުންޏަށް ދެއްކުމަށެވެ.
މިދިޔަ ނޮވެމްބަރު މަހު ސިވިލް ކޯޓުން ވަނީ ފެނަކައިން އެޕޯލޯ ހޯލްޑިންސްއިން ކްރެޑިޓް އުސޫލުން ނަގާފައިވާ މުދަލަށްވާ ފައިސާގެ ތެރެއިން ނުދީ ހުރި 27.1 މިލިއަން ރުފިޔާ ތިން މަސް ތެރޭ ދައްކަން ވެސް އަމުރު ކޮށްފައެވެ.
މާލީ މުޢާމަލާތަކާ ގުޅިގެން ފެނަކައިގެ މައްޗަށް ސިވިލްކޯޓުން ޙުކުމެއް ކޮށްފައިވާއިރު މިސަރުކާރުން ފެނަކައާއި ހަވާލުވިއިރު އާންމު ފަރާތްތަކާއި ކުންފުނިތަކަށް އެކަނިވެސް 1.7 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށާއި އޭގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާ ޚަލާސް ކޮށްފައިވާ ކަމަަށް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ކުރީ ސަރުކާރުން އޮތީ ފެނަކަ ކޯޕަރޭޝަން 4.3 ބިލިއަން ރުފިޔާއިން ދަރުވާލައި ކުންފުނި "ރޭޕް ކޮށްފައި" ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ދާދިފަހުން އިސްތިޢުފާ ދެއްވި މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު