އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)
އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)
އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ގެ ގެޔަށް މެންދަމުގެ ވަގުތުގައި ފުލުހުން ވަދެ، ބަލައި ފާސްކުރީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަ ކުރުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް މި ސަރުކާރުން ހިންގަމުންދާ ކަންކަމަކީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަކޮށް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ދަށުން ލިބިދޭ މިނިވަންކަމަށް ހުރަސްއަޅައި އަޑު ކަނޑުވާލަން ކުރާކަމެއް ކަމަށެވެ.

އެގޮތުން މޫސާ ޢަލީ މަނިކުގެ ގެއަށް ފުލުހުން މެންދަމުގެ ވަގުތުގައި ވަނުމުން ދައްކައިދެނީ މި ސަރުކާރުން ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުން ބޭރުން ކަންކަން ކުރަމުންދާކަން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެއީ ސަރުކާރުން އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާކަން ހާމަވާ ކަމެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގްކޮށް، އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް އެ ޕާޓީން ތާއީދުކުރާނެ ކަމަށެވެ. ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް މިފަހުން ގެނައި ބަދަލާ އެކު އެ ކޮމިޝަނުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި ކޮރަޕްޝަން މައްސަލަތަކުގައި ފުލުހުން މިހާރު ޢަމަލު ކުރަމުންދާ ގޮތުން އެ މުއައްސަސާއަށްވެސް އިތުބާރު ނުކުރެވޭ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން މޫސާ އަލިމަނިކުގެ ގެ ބަލައި ފާސްކޮށް، އެ މައްސަލަ އަލުން ފެންމަތިކުރީ އެންސްޕާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާއި އެޗްޑީސީގެ ކޮރަޕްޝަން މައްސަލައިގެ އަޑު ކަނޑުވާލުމަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންކަމުން ސިޔާސީ މަންފާ ހޯދަން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސަރުކާރުން ތުހުމަތުކުރާ މައްސަލަތައް މިހާރުން މިހާރަށް އަނބުރާ ގެންދަން އެމްޑީޕީން އިނގިރޭސިބަހުން ނެރެފައިވާ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު މިދިޔަ މާޗު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އާރުޑީސީގެ 14 މިލިއަން ރުފިޔާ އެ ކުންފުނީގެ އިސް ތިން ބޭފުޅުންގެ އަމިއްލަ އެކައުންޓްގައި ދައުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އެކަމާގުޅިގެން ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި މޫސާ އަލިމަނިކާއި އެހެން ބައެއް މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން