މާލޭގައި ހިންގާ 6 ކޮފީ ޝޮޕެއް ބަލައި ފާސްކޮށް އެތަންތަނުގައި ގަވާއިދާ ހިލާފަށް އުޅުނު ފަސް ބިދޭސީން އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ މާލޭގެ ކޮފީޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި 06 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން އިއްޔެ އަތުލައިގެންފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އިމިގްރޭޝަނާ ގުޅިގެން ހިންގަމުންދާ ރެއިޑުތަކުން އަތުލައިގަނެވޭ މީހުންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފައެވެ.

ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަންގައި 06 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@PoliceMv pic.twitter.com/uk1ZBZjdig
— Maldives Immigration (@ImmigrationMV) December 29, 2024
އިމިގްރޭޝަނުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން އިއްޔެ އަތުލައިގެންފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އިމިގްރޭޝަނާ ގުޅިގެން ހިންގަމުންދާ ރެއިޑުތަކުން އަތުލައިގަނެވޭ މީހުންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު