އެމްޑީޕީގައި ތިބި މީހުން އެހެން ޕާޓީތަކަށް ވައްދަމުންދާކަމަށް ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ގިނަ ބަޔަކު އެހެެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ހާއްސަކޮށް އެމީހުން ޕީއެންސީގެ ދަފުތަރުގައި ހިމަނަމުންދާކަމަށް ވެސް ބުނެފައި ވެއެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ ޕީއެންސީއަށް އެއްލައްކަ މީހުން ހަމަކުރުމަށް ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ އިރު ސަރުކާރުން ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި ސަރުކާރުން އެކަން ފޮރުވަން މަސައްކަތް ކުރަމުން ގެންދިއުމުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
އަދި ވަގު ފޯމު މެދުވެރިކޮށް ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ބޭނުންކުރާ ދޮރުތައް ބަންދުކުރަން ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ގޮވާލައިފައި ވެއެވެ.
އަދި އެ މައްސަލަ އިލްކްޝަންސުން ތަހުގީގުކުރަން ވެސް ގޮވާލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު