މިހާރުވެސް ވަގަށް ޕާޓީތަކަށް މީހުން ވައްދާކަމުގެ ޝަކުވާ ލިބޭ ކަމަށާއި، އެކަމު ކުރިއަށް ވުރެ އެ މައްސަލަ މަދުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ގިނަ ބަޔަކު އެހެެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމަށެވެ. އަދި ހާއްސަކޮށް އެމީހުން ޕީއެންސީގެ ދަފުތަރުގައި ހިމަނަމުންދާކަމަށް ބުނެ އިއްޔެ އެމްޑީޕީން ނުރުހުން ފާޅުކޮށް ވަނީ ނޫސް ބަޔާނެއްވެސް ނެރެފަ އެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ "ރަސް"އަށް ވިދާޅުވީ އެ މައްސަލަ އަދި އެމްޑީޕީން ރަސްމީކޮށް ހުށަހެޅިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީ މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިގު (މަނަދޫ ތޯރިގު) ވަގަށް ޕީއެންސީއަށް ވެއްދި މައްސަލައިގައި އޭނާ ފުލުހުންނަށް ފޮނުވި ސިޓީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ،
ޒަކަރިއްޔާ ވިދާޅުވީ ޕާޓީއަކަށް މީހަކު ވައްދައިފިނަމަ ފޯމްގައި ޖަހާފައި އިންނަ ނަންބަރަށް އެސްއެމްސްއެސް ކުރާނެ ކަމަށާއި އަދި ޝަކުވާއެއް އޮތް ނަމަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ވަގު ފޯމެއް ކަމަށް ޝަކުވާ ހުށަހަޅައިފިނަމަ ޕާޓީގެ ދަފުތަރުން އެމީހަކު ނަގާނެ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
"މިހާރު އެކަމު ވަގު ފޯމު ހުށަހަޅާލެއް މަދު. އެއީ ފޯމްގައި ހިމަނަން ޖެހޭ މައުލޫމާތުތައް ވެސް އިތުރުވާނެ. މަންމަގެ ނަން ވެސް ޖަހަން ޖެހޭނެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭ ފޯމު ފުރޭގޮތް ވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު