މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް ސަރުކާރުގެ އެހެން ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ ޝަރީފް ބަދަލުކުރީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރްއެމްޕީސީ) ގެ ޗެއާމަންގެ މަގާމަށް ކަމަށެވެ.
އޭނާ އެ ކުންފުންޏަށް ބަދަލުކުރީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.
ނަމަވެސް މި ފަހުން މިފްކޯއަށް ޔުކްރޭންގެ ސީއީއޯއަށް ބޭރުގެ ތަޖުރިބާކާރު ބޭފުޅެއް އައްޔަނުކޮށްފައިވާ އިރު ކުންފުންޏަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރްއެމްޕީސީ) އަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ފެބްރުއަރީ މަހުނެރުއްވި ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.
ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އެކުލެވިގެންވާ ގޮތަށް އުފެއްދެވި އެ ކުންފުންޏަކީ ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން އުފެއްދި ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު