ފުރަތަމަ ވައިޑް ބޮޑީ އެއާާކްރާފްޓް ގެނައުން ފާހަގަކުރަން މޯލްޑިވިއަނުން އެއާ ޝޯއެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ގެންނަން ނިންމާފައިވަނީ އެއާ ބަސް އޭ 330 މަރުކާގެ ވައިޑް ބޮޑީ އެއާ ކްރާފްޓެކެވެ.
އެހެންވެ އެ ހާއްސަ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އަންނަ މަހު ހަވަނަ ދުވަހު އެއާ ޝޯއެއް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.
އެ އެއާ ޝޯ އަންނަ މަހުގެ ހަވަަނަ ދުވަހު ހަވީރު 5:00 އިން 05:30 އަށް މާލެއާއި ހުޅުމާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
އެގޮތުން އެއާ ޝޯ ބާއްވާ ސަރަހައްދުތަކުގެ ތެރޭގައި މާލެއިން ރަސްފަންނު، ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ އިރުމަތީ ސަރަހައްދުގެ ބީޗު ހިމެނެ އެވެ.
މި ސަރުކާރުގެ ތަސައްވަރުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލުތައް އިތުރުކުރުން ހިމެނޭ އިރު އެމަންޒިލު ތަކަށް ރާއްޖޭގެ ގައުމީ އެއާލައިން ފުޅާކުރުން ވެސް ހިމެނެއެވެ.
ވައިޑް ބޮޑީ އެއާކްރާފްޓް ގެންނަން ނިމިގެން ދިޔަ ސަރުކާރުގައި ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ އަމަލީ ސިފައެއް ނުފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު