އިމިގްރޭޝަން
އިމިގްރޭޝަން
އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނަަމަވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަންއިން ބުނެފިއެެވެ

މީލާދީ އާ އަހަރާ ގުޅިގެން ފުރަތަމަ ބަންދުކުރަން ކަނޑައަޅާފައި އޮތީި ޖެނުއަރީ އެއް ވަނަ ދުވަސް އެކަންޏެވެ.

ނަމަވެސް ފަހުން ޖެހިގެން އައި ޖެނުއަރީ ދެވަނަ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ.

އެއާއެކު ސަރުކާރުގެ ހުރިހާ އިދާރާތަކެއްހެން ދެ ދުވަސް ބަންދުވާނެއެވެ.

އެހެން ނަމަވެސް އިމިގްރޭޝަންއިން މިއަދު އެކްސްގައި ބުނީ ޖެނުއަރީ ދެވަނަ ދުވަސްވާ ބުރާސްފަތި ދުވަސް ބަންދުވިޔަސް ހިދުމަތް ދޭނެ ކަމަށެވެ.

އެގޮތުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަންއިން ބުނެފައި ވެއެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށާއި އަދި އެމެޖެންސީ ހާލަތްތަކުގައި ޕާސްޕޯޓް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ޕާސްޕޯޓަށް އެދި ހުށަޙަޅައި އަދި ނެގޭނެކަމަށް ވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން