މިވަގުތު ސިޔާސީ ޙަރަކާތް ބޭއްވި ނަމަވެސް ބާއްވަން ވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވެފައިވާ ކަމަށް ބުނެ އިދިކޮޅު ލީޑަރޝިޕްގެ އިސްބައެއް ބޭފުޅުން ފުލުހުންގެ އިދާރާއަށް ޙާޟިރު ކޮށް ބައެއް ބޭފުޅުން ވަނީ ޖޫރިމަނާކޮށްފައެވެ. އެކަމާ ގުޅިގެން "ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީންގެ ސަރުކާރުގައި ދާޚިލީ ވަޒީރުކަންވެސް ކުރެއްވި ޢުމަރު ވިދާޅުވީ، މިވަގުތު ހުރިހާ ކަމެއްވެސް ކުރަންވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.
އަދި ސިޔާސީ ޙަރަކާތްތައްވެސް ހިންގަންވާނީ ގައިދުރުކަމާއި އެކު މާސްކް އަޅައިގެން ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިނަށް އިޙްތިރާމް ކުރުމަށް ސިޔާސީ ފަރާތްތަކާއި، ޢާއްމު ރައްޔިތުންނަށް ޢުމަރު ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ގާތްގުޅުމާ ބެހޭ ގޮތުން ޢުމަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އެހީތެރިކަމާއެކު އިންޑިޔާއިން ފައިސާ ޚަރަދުކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ އެހެން އެއްވެސް ސަރުކާރަކުން އިންޑިއާގެ އުނގަށް ނުވެއްޓޭ މިންވަރަށް މި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާކަމަށް ޢުމަރު ވިދާޅުވިއެވެ.
"އެހެން ނަމަވެސް މި ސަރުކާރުގެ ތެރޭގައިވެސް މިނިވަންކަން ވަޒަންކުރަން ދަންނަ ބޭފުޅުން ތިއްބަވާނެ. މި ސަރުކާރު ފެންނަނީ އިންޑިއާ އާއި ދިވެހިންގެ މިނިވަންކަމުގެ ރޫޙާ ދެމެދު ތާށިވެފައި ތިއްބާ." ޢުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޢުމަރު ވިދާޅުވީ އިންޑިއާއިން ރާއްޖެ ހިފަން ފާޅުގައި މަސައްކަތް ނުކުރި ނަމަވެސް އެކިގޮތްގޮތުން ރާއްޖޭގައި އެމީހުންގެ ފައިތިލަ ގަދަކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ހަމަ އެކަނި އިންޑިއާވެގެން ދިމާވާ ކަމެއް ނޫން ކަމަށާއި، ބޮޑެތި ޤައުމުތަކުން އަބަދުވެސް އެޤައުމުތައް ކައިރީގައި އޮންނަ ކުދި ޤައުމުތަކާމެދު ޢަމަލު ކުރަނީ މިގޮތަށް ކަމަށް ޢުމަރު ވިދާޅުވިއެވެ.
"ތިބޭފުޅުން ބައްލަވާ ސިއްކިމް އަށް. އިންޑިއާއިން ހިފާފަ އެއޮތީ. ކޮބާތޯ ޓިބެޓް. ޗައިނާއިން ހިފައިފަ ދެއްތޯ އޮތީ. ރަޝިއާ އިން ކްރައިމިއާ ވެސް ހިފީ." ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގައި ބޮޑެތި ޤައުމުތަކަށް ނުރައްކަލެއް ކުރިމަތިވުމުން ޢަމަލުކުރާ ގޮތުގެ މިސާލުތައް ދެއްވަމުން ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ސިޔާސަތަކީ އިންޑިއާ އާއި ޗައިނާ އަށްވެސް މާބޮޑަށް ބަރޯސާ ނުވެ، ދެ ޤައުމާއެކުވެސް އަޚުވަންތަ ގުޅުމެއް ބޭއްވުން ކަމަށެވެ. އަދި ޢުމަރު ނަސީރުގެ ވެރިކަމެއްގައި ހިންގާ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތަކަށް ވާނީ ބޮޑެތި ޤައުމުތަކާ ގުޅުން ބަދަހިކުރި ނަމަވެސް އެއްވެސް ޤައުމެއްގެ އުނގަށް ނުވެއްޓުމުގެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. އަދި އުމަރު ގެންދަވަނީ އޭނާގެ ރިޔާސީ ވައިދުތަކާއި އޭނާ ގެންގުޅުއްވާނެ ސިޔާސަތުތައްވެސް މީސް މީޑިއާގައި ހަމަ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު