ވަން އެންޑް އޮންލީ ރީތި ރަށް
ވަން އެންޑް އޮންލީ ރީތި ރަށް
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ވިލާއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވާން ފެށީ ރޭ ތިނެއް ޖަހަން އުޅެނިކޮށް ކަމަށެވެ.

އަދި ބައި ގަޑިއެއްހާ އިރު ތެރޭ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހާދިސާގައި ލިބުނު ގެއްލުމުގެ ސީދާ ތަފްސީލެއް އެމްއެންޑީއެފުން ނުދެއެވެ.

ވަން އެންޑް އޮންލީ ރީތި ރަށަކީ ރާއްޖޭގެ އެންމެ ރީތި އަދި އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން