ޣައްޒާގައި ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީ 11 މީހަކު މަރާލައިފިއެވެ.
ޣައްޒާގެ ދެކުނުގައި ކަނޑައެޅިފައިވާ އިންސާނީ ރައްކާތެރި ސަރަހައްދެއްގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ވަގުތީ ޓެންޓްތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 11 މީހަކު މަރުވެފައިވާ ކަމަށް ލޯކަލް މެޑިކްސް އާއި ނޫސް ޖަމިއްޔާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަލްމަވާސީ ސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާގައި މަރުވި މީހުންގެ ތެރެއިން ތިން ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާގައި 15 މީހަކު ޒަޚަމްވި އިރު އެމީހުންގެ ހާލު ތަފްސީލުކޮށްދީފައެއް ނުވެއެވެ.
އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކާއި ޑްރޯންތަކާއި އާޓިލަރީތަކުން ޣައްޒާގެ ރައްކާތެރި ސަރަހައްދަށް އެންމެ ފަހުން ދިން ހަމަލާއާ ބެހޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހު އަލްމަވާސީގެ ޓެންޓްތަކަށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި 20 މީހުން މަރުވެ އިތުރު ބަޔަކު ޒަހަމްވެފައި ވާއިރު، އެ ހަމަލާ ގުޅޭގޮތުން އިސްރާއީލުން ބުނީ އެއީ ހަމާސްގެ އޮފިޝަލަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު