ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އަންނަ އަންގާރަ ދުވަހު އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ވިއޯންއިން ރިޕޯޓުކޮށްފިއެވެ.
ވިއޯންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްސާން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެެއްގައި އަންނަ އަންގާރަ ދުވަހުއެވެ. އަދި ޣައްސާނަކީ މިއަހަރު އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ފުރަތަމަ ޑިފެންސް މިނިސްޓަރު ކަމަށްވެސް ވިއޯން އިން ރިޕޯޓް ކޮށްފައިވެއެވެ.
ޣައްސާން އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާއިރު ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާގެ ގުޅުންދަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. އެގޮތުން ޚާރިޖީ ވަޒީރު ޑރ. ޚަލީލްވެސް ވަނީ މިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ.
ދާދިފަހުން އިންޑިއާގެ ވިއޯން އަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެފައިވަނީ ޣައްސާން އިންޑިއާ އަށް ކުރަށްވާ ދަތުރުފުޅުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައި ދުވަސްވަރު އިންޑިއާ އާއިއެކު އޮތް ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އަރާ ދެ ގައުމުގެ ގުޅުމަށް އަސަރުތަކެއް ވެސް ކޮށްފައިވަނިކޮށް އެ ގުޅުން ރަނގަޅު ކުރުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރަމުންނެވެ.
ނަމަވެސް، ބޭރުގެ މީޑިއާތަކުން ހާއްސަ ގޮތެއްގައި އިންޑިއާގެ މީޑިއާތަކުން ރާއްޖޭގެ ވަފުދުތައް އެ ގައުމަށް ކުރާ ދަތުރުތަކުގައި ދެ ގައުމުގެ ގުޅުމާމެދު އަދިވެސް ގިނަ ސުވާލުތަކެއް ކުރިމަތި ކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު