ދިވެހިރާއްޖޭގެ ދިފާއީ ދާއިރާއަށް އަވައްޓެރި އިންޑިއާއިން ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ފޯރުކޮށްދީފިއެވެ.
ދިފާއީ ދާއިރާއަށް އަވައްޓެރި އިންޑިއާއިން މި އެހީ ފޯރުކޮށްދީފައިވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ދިފާއީ ވަަޒީރު، ޝްރީ ރަޖްނަތު ސިންހާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ދެ މިނިސްޓަރުންގެ މި ބައްދަލުވުމަށް ފަހު އިންޑިއާގެ ޑިފެންސް ވިންގުން ނެރުނު ބަޔާނުގައި ބުނީ މި އެހީ ފޯރުކޮށްދިނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެހީގެ ތަފްސީލެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ މަޝްހޫރު "ވިއޮން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދިފާއީ ދާއިރާ އަށް އިންޑިއާ އިން ފޯރުކޮށްދީފައިވަނީ ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެކެވެ. މި އެހީގެ ތެރޭގައި ދިފާއީ ދާއިރާ އަށް ބޭނުންވާ ވެހިކަލްތަކާއި ތަފާތު އެކި ސާމާނުތައް ހިމެނޭ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާގެ ދިފާއީ ވަޒީރާއެކު މިނިސްޓަރ ޣައްސާން ބޭއްވި މި ބައްދަލުވުމުގައި ވަނީ ދެގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
މި ދަތުރުފުޅަކީ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަ ކުރެވެއެވެ. ޣައްސާންގެ ކުރިން ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ އަބްދުﷲ ޚަލީލްވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު