މިހާރު އުމްރާއަށް ގޮސް ހާލުގައި ޖެހިގެން އުޅޭ އުމްރާވެރިންގެ ތެރޭގައި ތިން ކުޑަކުއްޖަކުވެސް ހިމެނޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އުމްރާއަށް ގޮސް ތާށިވީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި ދިޔަ ބައެކެވެ. އޭގެ ތެރޭގައި 24 މީހަކު ހިމެނެ އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 12 އަހަރުގެ ތިން ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އެ މީހުން ރާއްޖެ އަންނަން ޓިކެޓް ވެސް ހަމަޖެހިފައި ނުވާއިރު ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިހާރު ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް ފަށައިފަ އެވެ.
މިހާރު މަސައްކަތް ކުރަމުންދަނީ އެ މީހުން މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓަރު ރޭ ވިދާޅުވީ އިހުމާލުވި އުމްރާ ގްރޫޕާމެދު މިއަދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު