މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނެފައިވަނީ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ހަމައެކަނި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ ގުދަންތަކާއި ވިޔަފާރިގެތައް ނުހިމަނާ ލިބުނު ގެއްލުމުގެ ޢަދަދުކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ހަމައެއާއެކު އެންޑީއެމްއޭ އިން ބުނީ މި ވިއްސާރައިގައި އަތޮޅު ތެރޭ ރަށްރަށުގައި ދަނޑު ބިންތަކާއި ވިޔަފާރިތައް ނުހިމަނައި ހަމައެކަނި މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކައަށް އަރާ ކަމަށެވެ.
ވިއްސާރައާއި ގުޅިގެން އެންޑީއެމްއޭ އިން ހާމަކޮށްފައިވާ އިތުރު އަދާހަމަތަކުގައިވާގޮތުން މާލޭގެ އެކި ހިސާބުތަކުގައި ވެލި ބަސްތާ ޖެހުމަށް މާލޭ ސިޓީ ކައުންސިލަށް 20،000 ގޯނި ވަނީ ދޫކޮށްފައެވެ. އަދި އެދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އެކިއެކި އެހީތެރިކަމަށް އެދި 740 އަށްވުރެ ގިނަ ރިޕޯޓު ލިބުނު ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
އެ ދުވަހު ކައްކާ ކައިބޮއި ހެދުމަށާއި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ރިޕޯޓުކުރި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓު ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމް ދެ ދުވަހަށް ހަމަޖައްސަދިން ކަމަށްވެސް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.
އަދި 115 ގެއެއްގެ އެސެސްމެންޓު ހަދާފައިވާއިރު އެކި ސަބަބުތަކާ ހުރެ 17 ތަނެއްގެ އެސެސްމަންޓް ނުހެދޭ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ވިއްސާރައިގައި އަތޮޅުތެރޭގެ ދެ ރަށަކުން އުދަ އެރުމުގެ ރިޕޯޓް ކޮށްފައިވާއިރު ފެންބޮޑުވެގެން 8 ރަށަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 4 ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެ ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭގެ ރިޕޯޓްގައި ވެއެވެ.
އޭގެއިތުރުން ޖެނުއަރީ 3 ގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަށް 61،500 ރުފިޔާ ހަރަދުވެފައިވާއިރު ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކެއުން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމަށް 2 ލައްކަ ރުފިޔާ ހަރަދުވެފައިވެއެވެ.
އެންޑީއެމްއޭ އިން މިހެން ބުނެފައިވާއިރު މިމަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރީހެއްގައި މާލެއަށް ރިކޯޑު މިންވަރަކަށް ވާރޭ ވެހުނު ދުވަހެކެވެ. އެދުވަހު 3 ގަޑިއިރު ތެރޭ 109.8 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވެއެވެ.

3 ޖަނަވަރީ 2025 ގައި ރާއްޖެއަށް ކުރި ވިއްސާރައިގެ އަދާ ހަމަ pic.twitter.com/kZjrzJhKVK
— NDMA Maldives (@NDMAmv) January 9, 2025
އެ ދުވަހު ކައްކާ ކައިބޮއި ހެދުމަށާއި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ރިޕޯޓުކުރި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓު ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމް ދެ ދުވަހަށް ހަމަޖައްސަދިން ކަމަށްވެސް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.
އަދި 115 ގެއެއްގެ އެސެސްމެންޓު ހަދާފައިވާއިރު އެކި ސަބަބުތަކާ ހުރެ 17 ތަނެއްގެ އެސެސްމަންޓް ނުހެދޭ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ވިއްސާރައިގައި އަތޮޅުތެރޭގެ ދެ ރަށަކުން އުދަ އެރުމުގެ ރިޕޯޓް ކޮށްފައިވާއިރު ފެންބޮޑުވެގެން 8 ރަށަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 4 ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެ ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭގެ ރިޕޯޓްގައި ވެއެވެ.
އޭގެއިތުރުން ޖެނުއަރީ 3 ގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަށް 61،500 ރުފިޔާ ހަރަދުވެފައިވާއިރު ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކެއުން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމަށް 2 ލައްކަ ރުފިޔާ ހަރަދުވެފައިވެއެވެ.
އެންޑީއެމްއޭ އިން މިހެން ބުނެފައިވާއިރު މިމަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރީހެއްގައި މާލެއަށް ރިކޯޑު މިންވަރަކަށް ވާރޭ ވެހުނު ދުވަހެކެވެ. އެދުވަހު 3 ގަޑިއިރު ތެރޭ 109.8 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު