ރާއްޖޭގައި މަގުބޫލު މީސްމީޑިއާގެ ބައެއް އެޕްތައް ބޭނުންކުރުން މަނާކުރަން އުޅޭކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާން ދޮޮގުކުރައްވައިފިއެވެ.
މިނިސްޓަރު އެ ވާހަކަތައް ދޮގުކުރެއްވީ އުރީދޫގެ ކަލަންޑަރު އިފްތިތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި އެންމެ މަގުބޫލު ސޯޝަލްމީޑިއާ އެޕްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކް އަދި އެކްސް ފަދަ އެޕްތައް ބޭނުންކުރުން މަނާކުރަން އުޅޭކަމަށްބުނެ މީސްމީޑިއާގައި އަޑުތަކެއް ފެތުރެން ވަނީ ފަށާފައެވެ. އެއާއި ގުޅުވައި އެކަން ދޮގުކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މީސް މީޑިއާ ތަރައްގީކޮށް ފުޅާކުރުމަށް ކަމަށެވެ.
މިނިސްޓަރު އިޙުސާން މިހެން ވިދާޅުވެފައިވާއިރު، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ރާއްޖޭގެ ކޮންޓެންޓް ކުރިއޭޓްކުރާ ފަރާތްތަކަށް ފައިސާ ލިބޭނެގޮތްތައް ހަދައިދޭނެކަމަށް މީގެކުރިން ސަރުކާރުން އޮތީ ބުނެފައެވެ.
އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބަރަހަނާ މަންޒަރުތައް ހިމެނޭ ވެބްސައިޓްތައް ސަރުކާރުން އޮތީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު