ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި ސްޓެލްކޯގެ ދެ ޓްރާންސްފޯމަރަށް ގެއްލުންދީފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ ހައި-ވޯލްޓޭޖް (އެޗްވީ) ޓްރާންސްފޯމަރު ބަހައްޓާފައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުގެ އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.
ޓްރާންސްފޯމަރުތަކަށް ދީފައިވާ ގެއްލުމަށް ބެލުމުން އެ ޢަމަލު ހިންގާފައިވަނީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށް ފަހުމީ ތުހުމަތު ކުރަށްވާފައިވެއެވެ. އެހެން ނަމަވެސް މިއީ ކަރަންޓުގައިޖެހި ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
އެގޮތުން ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު ނިޔާވެފައިވާކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
ރޭގެ ވަގުތެއްގައި ދެ ޓްރާންސްފޯމަރަށް ގެއްލުންދިނުމުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް މެދުކެނޑިފައެވެ.

Earlier today, two high-voltage (HV) transformers in Hulhumale Phase 2 were deliberately vandalized, resulting in significant disruptions to the electricity network. Despite being protected by boundary walls and double-locked enclosures, the perpetrators breached the gates,… pic.twitter.com/iZt07J8tL3
— Hussain Fahmy (@HussainFahmy09) January 11, 2025
އެގޮތުން ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު ނިޔާވެފައިވާކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
ރޭގެ ވަގުތެއްގައި ދެ ޓްރާންސްފޯމަރަށް ގެއްލުންދިނުމުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް މެދުކެނޑިފައެވެ.
ކިޔުންތެރިންގެ ހިޔާލު