ބޯވަ އާއި އިހި ހިމެނޭގޮތުން ރާއްޖެއިން އެކްސްޕޯޓު ކުރުން މަނާ 10 ބާވަތެއް ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފި އެވެ. މި ޤަވާއިދަކީ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ޤަވާއިދެވެ.
ދިވެހިރާއްޖެއިން އެކްސްޕޮޓްކުރުން މަނާ ބާވަތްތަކުގެ ތެރޭގައި އިއްސާއި، ގޮނު ފޫއެނބުރިއާއި، ހިރި އާއި މުރަކަ، ވެން، ކޮލި، އިތާގެ ހުރިހާ ބާވަތެއް، ދިރޭ އެމަށް ބޭނުންކުރާ ހުރިހާ ބާވަތެއް، ބޮޑެތި ބޮއްޔާއި ސަނދަރައިގެ އިތުރުން ބޯވަ ހިމެނެއެވެ.
މި ޤަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދާ އަޅައިގެން، ނުވަ ބާވަތެއް ހިފުން ވަނީ މަނާކޮށްފައެވެ. އަދި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަންޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ ބޮޑެތި ޖޫރިމަނާތަކެއް ވަނީ ގަވާއިދުގައި ހިމަނާފައެވެ. އަދި އެ ގަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިފިނަމަ ކުރާނެ ޖޫރިމަނާއާއި، ދަލުގެ ދިގުމިނާއި، ދާ ބޭނުންކުރެވޭނެ ސަރަހައްދުތަކާއި އުސޫލުތަކާއި ކުރުން މަނާކަންކަން ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ
ދާއަޅައިގެން އަމިއްލަ ބޭނުމަށް ހިފުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ރެހި، ބޯދި، މުގުރާން، ހޮނޑެލި، މިޔަރެން، ނިލަމެހި، ތާވަޅު ނުވަތަ ތާވަޅަ، މުށިމަސް އަދި ރިއްމަހެވެ.
ގަވާއިދުގައި މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރަންވީ ގޮތްތަކާއި، ހުއްދަތައް ދޫކުރެވޭނެ ގޮތްތަކާއި އަދި ގަވާއިދުތަކާއި ހިލާފް ވާނަމަ ކުރެވޭނެ ޖޫރިމަނާ ވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން މަސްވެރިކަން ކުރުމުގައި ތިމާވެއްޓަށް އަސަރުކޮށްފާނެ ކަންކަން ނުކުރުމަށާއި، މަސްވެރި ކަމުގައި ބޭނުންކުރާ ކަނޑުގެ ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމާއި މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ފިޔަވައި، ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ ބާވަތްތަކުގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މަސްވެރިކަމުގައި އުފެދޭ ކުނި، ޒިންމާދާރު ގޮތެއްގައި ނައްތައިލެވޭނެ ގޮތްތައް ކަށަވަރުކުރަން ޖެހޭނެކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި މީހުންނާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، މަސް ޕްރޮސެސްކުރާ ތަންތަނާއި، މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްކުރާ ތަންތަނާއި، އެއްގަމު އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ނުވަތަ އެނޫންވެސް އުޅަނދު ފަހަރާއި، މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ތަންތަނުގެ މަށްޗަށް މި ގަވާއިދު ހިނގާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓުކޮށްފައިވާއިރު ގަވާއިދު ހެދުން ލަސްވާތީ ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވަނީ އިއްޔެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އިއްޔެގެ ޖަލްސާގައި ޒަހާ ވިދާޅުވީ މޭ 31 ގައި ހުރިހާ ގަވާއިދެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުއްވި ކަމަށާއި، ގެޒެޓު ކުރުމަށް ރައީސް އޮފީހަށް ފޮނުއްވާފައި ވަނީ ޖުލައި 14 ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު