އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް ) އާންމުކުރި ވީޑިއޯގެ ތެރެއިން މިޔަރެއް އަރާ ކާލާފައިވާ ކަންނެއްޔެއް
އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް ) އާންމުކުރި ވީޑިއޯގެ ތެރެއިން މިޔަރެއް އަރާ ކާލާފައިވާ ކަންނެއްޔެއް
ރާއްޖޭގައި އާދަޔާ ޚިލާފަށް މިޔަރު އިތުރުވެ މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެފައިވާކަމުގެ ޝަކުވާތައް ހުރި ނަމަވެސް މިޔަރު ހިފުމާއި މެރުން ހިމެނޭގޮތަށް 13 ބާވަތެއް ޙިމާޔަތްކޮށް މަސްވެރިކަމުގެ ޤަވާއިދު ޢާއްމު ކޮށްފިއެވެ.

މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށް އިއްޔެ ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގެޒެޓްކޮށްފައެވެ. މި ޤަވާއިދުގައިވާ ގޮތުން މިޔަރާއި، މަޑިއާއި، ލަނޑާ ގެ އިތުރުން ވެލާކަހަނބާއި، އެންދެރި ހިމެނޭ ގޮތުން 13 ބާވަތެއް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

އެގޮތުން ޙިމާޔަތްކޮށްފައިވާ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5000 ރުފިޔާ އާއި 400000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3000 ރުފިޔާ އާއި 300000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ ގަވާއިދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދާ އަޅައިގެން، ނުވަ ބާވަތެއް ހިފުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަސްވެރިކަމުގައި އެމުގެ ގޮތުގައި ބޭނުންކުރާ ތަކެއްޗެވެ.

ގެޒެޓްކުރެވުނު އާ ގަވާއިދުގައި މަސްވެރިކަމުގެ ގަވާއިދުތަކާއި ހިލާފްވެއްޖެނަމަ ބޮޑު އަދަދުތަކަކުން ޖޫރިމަނާ ކުރާ ގޮތަށް އޮތްއިރު އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގައި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަން ޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށާއި އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ ކަމަށާއި އެގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށް ކަމަށް ބުނެފައިވެއެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިފިނަމަ 3500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރާ ގޮތަށާއި އެގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށް ކަމަށް ބަޔާންކޮށްފައި ވެެއެވެ.

ގަވާއިދުގައި ބުނެފައި ވަނީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދާ 100 ފޫޓަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި ބޭނުންކުރާ ދަލުގެ ގޮޅިތައް ހުންނަންޖެހޭނެ އެންމެ ކުޑަ ސައިޒަކީ ހަތަރު އިންޗި ކަމަށެވެ.

އަދި މަސްވެރިކަން ކުރުމަށް ދާ އެޅުމަށް ފަހު، ދާ ދޫކޮށްލައިފައި ނުދިއުމަށާއި މަސްވެރިކަން ކުރުމަށް ދާ ބޭނުންކުރާއިރު ފަރަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ދެ ގަޑިއިރަށް ވުރެ ގިނައިރު ދާ ދަމާފައި ނުބޭއްވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން