ތިން މިނިސްޓްރީއެއް ހިންގާ އިމާރާތުގައި ރޯވި އަލިފާނުގެ ތެރެއިން
ތިން މިނިސްޓްރީއެއް ހިންގާ އިމާރާތުގައި ރޯވި އަލިފާނުގެ ތެރެއިން
މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިނގި ވަރުގަދަ އަލިފާނުގައި އެނދި ހައުސިން މިނިސްޓްރީގެ ސާވާ ރިކަވާ ކުރަން ސިންގަޕޫރަށް ފޮނުވަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ 2022 ވަނަ އަހަރުގެ މެދު ތެރެއާ ހަމައަށް ހުރިހާ މައުލޫމާތުތަކެއް ހުރީ ރައްކާ ކުރެވިފައި ކަމަށެވެ.

އެހެން ނަމަވެސް އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ މައުލޫމާތުތައް ހުރީ ރައްކާ ނުކުރެވިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން އެއް ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދައްކަން ޖެހޭ ސަބްސްކްރިޕްޝަންތަކެއް ދެއްކުން ހުއްޓާލުމެވެ.

އަދި ހައުސިން މިނިސްޓްރީގައި ރޯވީ ބެކަޕް ސާވާތަކެއް ގާއިމުކުރުމުގެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައި އޮއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މިހާރު އެ ސާވާގެ ޑިސްކުތައް ސިންގަޕޯއަށް ފޮނުވައިގެން އޭތިން އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ މަސައްކަތް ކުރަމުން އެބަ ގެންދަން. އެހެން ނަމަވެސް ފުދޭ ވަރަަކަށް އަލިފާނުގެ އަސަރުކޮށްފަ ހުރީ" މިނިސްޓަރު ވިދާޅުވި އެވެ.

ސާވާތައް ހަލާކުވި ނަމަވެސް ފްލެޓް ލިސްޓު އޮތީ ކްލައުޑްގައި ރައްކާކުރެވިފައިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން