ހުޅުމާލޭގައި ކަރަންޓް ދިނުމަށް ސްޓެލްކޯއިން ބަހައްޓާފައިވާ ޓްރާންސްފޯމަރަކަށް ގެއްލުންދިން މީހަކު އެ ކުންފުނީގެ މުވައްޒަފުން އަތުލައިގެންފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ އެކްސްގައި މިރޭ ވިދާޅުވީ، ޓްރާންސްފޯމަރަށް ގެއްލުންދިން މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހައި މާރާމާރީ ހިންގާފައި ކަމަށެވެ.
އަދި ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް ކަމަށެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ މިހާރު ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި އެތަކެއްޗަށް ގެއްލުންދިނުމަކީ ދޭތެރެ ދޭތެރެއިން ބައެއް ފަރާތްތަކުން ކުރާކަމެކެވެ. އޭގެ ސަބަބުން ހާއްސަކޮށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެސް އެބަހުއްޓެވެ.

ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު މި ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގަނެފައި. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި. ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ… pic.twitter.com/JrBLyD0xXt
— Hussain Fahmy (@HussainFahmy09) January 14, 2025
މާލެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި އެތަކެއްޗަށް ގެއްލުންދިނުމަކީ ދޭތެރެ ދޭތެރެއިން ބައެއް ފަރާތްތަކުން ކުރާކަމެކެވެ. އޭގެ ސަބަބުން ހާއްސަކޮށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެސް އެބަހުއްޓެވެ.
ކިޔުންތެރިންގެ ހިޔާލު