ހުޅުމާލޭގައި ކަރަންޓް ދިނުމަށް ސްޓެލްކޯއިން ބަހައްޓާފައިވާ ޓްރާންސްފޯމަރަކުން ވައްކަންކޮށް ސްޓެލްކޯގެ މުވައްޒަފަށް ހަމަލާ ދިން މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ށ. ބިލެތްފަހި/ޗަނބޭލީގެ، އިބްރާހިމް ޒާލިފު (37 އަހަރު) ކަމަށެވެ.
ޓްރާންސްފޯމަރަށް ގެއްލުން ދީ ވައްކަން ކުރި މީހާ ސްޓެލްކޯގެ މުވައްޒަފަށް ހަމަލާ ދިނީ އޭނަ ހުއްޓުވަން އުޅުމުން ނެވެ. އެ ހާދިސާގައި ވަގު މީހާ ވަނީ ސްޓެލްކޯގެ މުވައްޒަފަށް ރެންޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފަ އެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ރޭ ކަރަންޓުގެ ހިދުމަތްވެސް މެދު ކެނޑުނެވެ.

ކިޔުންތެރިންގެ ހިޔާލު