ފުވައްމުލަކުގައި ޑައިވިން ސްކޫލްތައް ހިންގަން ނުވަ ބިން ދޫކުރަން ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުން ނުވަ ބިމެއް ކުށްޔަށް ދޫކުރަން ނިންމާފައިވާ ކަމަށާއި އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ދޭއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޑައިވިން ސްކޫލްތަކަށް ހާއްސަކޮށްގެންް ދޫކުރަން ނިންމާފައި ވަނީ 1،200 އަކަފޫޓްގެ ބިންތަކެވެ.
ކައުންސިލުން ވަނީ މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރީ ވާނީ ބިންތަކަށް އެދޭ ފަރާތުުގެ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެހާއި ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ކައުންސިލަށް ފޮނުވުމަށް ވަނީ އެދިފައެވެ.
މި ބީލަމަށް ބިޑް ޑޮކިއުމަންޓް ވިއްކަނީ 100 ޑޮލަރަށެވެ. އަދި ބިޑް ޑޮކިއުމަންޓް ވިއްކާނީ ކައުންސިލް އިދާރާ އިން މި މަހުގެ 22 އާއި 23 ގަ އެވެ. އަދި މީ ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް މި މަހުގެ 27 ގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ފުވައްމުލަކުގައި ޑައިވިން ސްކޫލްތައް ހިންގަން ބިންތަކެއް ދޫކުރަން ހުޅުވައިލި އިރު މިހާރުވެސް އެ ސިޓީގައި ޑައިވިން ސެންޓަރުތައް ހިންގާ ގިނަ ފަރާތްތަކެއް ތިބިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު