ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ނެރުނު ބަޔާާނުގައި ބުނީ ޝީރީންއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި އޭނާ ހިންގި އަމަލަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާވެސް ހިލާފު އަމަލެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
އެހެންވެ އިއްޔެ ޖޭއެސްސީން ބޭއްވި ޖަލްސާގައި ޝީރީންގެ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މިއަދުން ފެށިގެން 15 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޝީރީންގެ މައްޗަށް ސާބިތުވީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު