ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެޑިިއުކޭޝަން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެކަން ހިނގީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ކަމަށެވެ.
ނަމަވެސް ކުޑަކުއްޖާގެ އައިޑެންޓިޓީ ހާމަވެދާނެތީ އެ ސްކޫލުގެ ނަން ހާމައެއް ނުކުރެ އެވެ.
އަދި އެ މައްސަލަ ސްކޫލުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއެކު ފުލުހުންނަށް މައްސަލަ ހުށަހެޅިކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހުދު ފުލުހުންވެސް ވަނީ އެ މައްސަލަ ބަލަމުންދާކަން ޔަގީންކޮށްދީފަ އެވެ.
އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށާއި އެ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު