އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކަނޑަށް ތެޔޮ ލީކުވާާ ހާލަތަށް ތައްޔާާރުވުމުގެ ގޮތުން އިމެޖެންސީ ރެސްޕޮންސް ޓްރެއިނިން ސިފައިންނަށް ދީފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ މިއީ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ޓްރެއިނިން ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާާމް ކުރިއަށް ދިޔައީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގެ އެއްބާރުލުމާ އެކުގައިވެސް ކަމަށެވެ.
މި މަހުގެ ފަހަކުން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާހެން އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދެ މުވައްޒަފަކު ބައިވެރިވިއެވެ.
ރާއްޖޭގައި ބޯޓުތައް ފަރަށް އެރުުގެ ހާދިސާތައް ހިނގާއިރު ތެޔޮ ލީކުވުމުގެ ރިސްކު އޮވެއެވެ. އަދި އެފަދަ ހާލަތްތަކުގައި ގިނަ އަދަދެއްގެ ތެޔޮ ލީކުވެއްޖެނަމަ ތިމާވެއްޓަށާާއި ފަތުރުވެރިކަމަށް ވެސް ވަރަށް ބޮޑަށް އަސަރުކުރުމުގެ ފުރުސަތު އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު