މާލޭގެ މާވެޔޮމަގު ހިމެނޭ ސަހަރައްދުން ކަރަންޓް ކެނޑިފައިވާ މައްސަލަ ހައްލުކުރުމަށް ވަގުތީ ކޭބަލެއް އަޅައިގެން މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިރޭގެ ވަގުތެއްގައި މާވެޔޮމަގު ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.
އަދި މި ވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ސައިމާ ގޯޅިއާއި ގުލާބީމަގުންކަމަށާއި ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
އެ މަސައްކަތަށް ދެގަޑިއެއްހާއިރުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަޕްޑޭޓް: މި ކުންފުނީގެ ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސައިމާ ގޯޅިއާއި ގުލާބީމަގު ހިމެނޭ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައަކަތް ދަނީ ކުރެވެމުން. މި… https://t.co/m0f1mzbEoy pic.twitter.com/62nIs5KCbh
— STELCO (@STELCOMALDIVES) January 17, 2025
އެ މަސައްކަތަށް ދެގަޑިއެއްހާއިރުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު