ހުޅުމާލޭގެ ބޮޑުބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން ދެންމެ ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
އަދި އެކަން ދިމާވާން މެދުވެރިވި ސަބަބު ދެނަގަނެ ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު