ހުޅުމާލެއިން ރޭ ކަރަންޓް ކެނޑުނީ ކޮންނަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުުނީ ރޭ 11 ޖަހާކަންހާ އިރު އެވެ.
ނަމަވަވެސް ދޮޅު ގަޑިއެއްހާ އިރު ތެރޭގައި ވަނީ އަލުން ކަރަންޓް ދީފަ އެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ބުނީ ރޭ ކަރަންޓް ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.
"ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން." ސްޓެލްކޯއިން ބުނެފައި ވެއެވެ.
މި ފަހުން ފޭސް ދޭއްގެ ޓްރާންސްފޯމަރަކަށް ގެެއްލުން ދީގެން ވެސް ކަރަންޓް ކެނޑުނެވެ.

ކިޔުންތެރިންގެ ހިޔާލު