ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު މީހާ
ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު މީހާ
ވަގަށް ބޭރު ކުރަން އުޅުނު ދޮޅު ލައްކައެއްހާ ޑޮލަރާއި އިތުރު ބޭރު ފައިސާތަކެއް ދައުލަތަށް ނަގަން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހުމާންގެ މައްޗަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ދިވެހި ކަސްޓަމުން ރަގޫބް ހިފެހެއްޓީ ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ލަންކާއަށް ފުރަން އުޅެނިކޮށެވެ.

އޭނާގެ ލަގެޖުން 137372 ޔޫއެސް ޑޮލަރާއި 50375 ޔޫރޯއާއި 180 ސްވިސް ފްރޭންކްގެ އިތުރުން 100 ދިރުހަމް ވެސް ފެނުނެވެ.

އެހެންވެ އޭނާގެ މައްޗަށް ކުރީ ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާއަށް އިއްވި ހުކުމްގައި ވަނީ 12000 ރުފިޔާއިން ޖޫރިމަނާކޮށް ދެ މަސް ތެރޭ އެ ފައިސާ މީރާއަށް ދައްކަން ހުކުމްކޮށްފަ އެވެ. އަދި އޭނާގެ އަތުން ފެނުނު ހުރިހާ ބޭރު ފައިސާ ވެސް ކަސްޓަމްސްއަށް ނަގަން ވަނީ ހުކުމްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން