މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
2016 ވަނަ އަހަރު ފެށިފައިވާ، މި މަޝްރޫޢުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މިމަސައްކަތްތައް މިހާރުވަނީ ފަށާފައެވެ.
އެގޮތުން، މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ، 20 އިންޗި ޑައިމީޓަރ، 5 ކިލޯމީޓަރ ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވަނީ ފަށާފައިކަމަށާއި އަދި މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައްވަނީ ފެށިފައިކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އަދި މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ %25 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
“ޕަމްޕް ސްޓޭޝަންތަކުގެ ޢިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައި ވަނީ މާޗު މަހުގެ ނިޔަލަށް. ޢިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓާ ނިމުމަށްފަހު 2025 ވަނައަހަރުގެ ދެވަނަ ކުއާޓަރ ގައި މި ނިޒާމްގެ ބޭނުންކުރަން ފެށުމަށްވަނީ އަމާޒު ކުރެވިފައި. ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢު ނިމުމުން،މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެ. މީގެ ސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެ” އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު ޚިދުމަތުގެ ފެންވަރާއި ކަށަވަރުކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު