ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓަރީން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އެ މިނިސްޓްރީގައި ކަމަށެވެ. އެއީ މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ.
އެގޮތުން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޭބިސީތަކަށް ކަދުރު ބެހާނީ އެ ގޭބިސީއެއްގެ ކަރަންޓިމު މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ އައިޑީކާޑު ދެއްކުމުން ކަމަށެވެ.
ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޖަމްޢިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމަޖައްސާފައިވާއިރު، އެކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވުޒާރާގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު