އައިސް ލިބުމުގެ ދަތިތަކެއް ހުރިނަމަވެސް އައިސް ޕްލާންޓުތަކުން މަސް ކިރޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މިހެން ބުނެފައިވަނީ މަސްވެރިކަމުގެ ސީޒަނުގައި އައިސް ނުލިބޭތީ އެކަމާ ސޯޝަލް މީޑިއާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި މަސްވެރިން ހިއްސާ ކުރަމުންދާ ޕޯސްޓުތަކުގައި ބުނެފައިވަނީ އައިސް ލިބުމުގެ ދަތިތަކުގެ ސަބަބުން މަސްވެރިން ބާނާ މަސް ނުކިރި މަހައް ނުފުރި ގިނަ ދޯނިފަހަރުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސީޒަނުގައި މަސްވެރިން ބާނާ މަސް ނުކިރި މަހަށް ނުދެވި ތިބުމަކީ މަސްވެރިންނަށް ލިބޭ ބޮޑު އަނިޔާއެއް ކަމަށްވެސް އެމީހުން ދަނީ ބުނަމުންނެވެ.
މިކަމާ ބެހޭ ގޮތުން މިފްކޯއިން ބުނެފައިވަނީ އައިސް ލިބުމުގެ ދަތިތަކެއް ހުރިނަމަވެސް މަސް ކިރުމުގެ މަސައްކަތް މިފްކޯގެ ޕްލާންޓުތަކުން ކުރިއަށް ދާނެ ކަމަށެވެ.
އަދި އައިސް ލިބުމަށް ދަތިވެފައިވަނީ ޕްލާންޓުތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އަދި މިކަން ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުން ފެށިގެން އެ ކުންފުންޏަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް އައިސް ދޭން ފަށާފައެވެ. އެ ކުންފުނިން ބުނެފައިވަނީ ކްރެޑިޓަށް އައިސް ވިއްކާ ދޯނިފަހަރު މަސް ކިރުމުން ބިލް ހަދާނީ ކްރެޑިޓަށް ނެގި އައިސްގެ ފައިސާ ބިލުން އުނި ކުރުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު