ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ޖަމިއްޔާތަކުގެ މަހާސިންތާއެއް ބާއްވަން ނިންމައި މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އަންނަ މަހު ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ މި މަހާސިންތާ އިންތިޒާމު ކުރަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެންނެވެ. އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ފުވައްމުލަކާއި އައްޑޫ އާއި ގދ ގެ އިތުރުން ގއ. އަތޮޅުގެ ޖަމިއްޔާތުން މި މަހާސިންތާގައި ބައިވެރިވާނެ އެވެ.
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15-17 އަށެވެ. އެހެން އަތޮޅުތަކުން މި މަހާސިންތާ އަށް ފުވައްމުލަކަށް ދާ ބައިވެރިންގެ ތިބުމާއި ކެއުމުގެ ހަރަދު އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައި ދޭނެ އެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފައްޗާ ހަމައަށް ހުޅުވާލާފައިވާ އިރު، މަހާސިންތާގައި ބައިވެރިވާ ކޮންމެ އަތޮޅުކުން ވެސް ފުރުސަތު ދޭނީ ފަސް ޖަމިއްޔާއަކަށެވެ. އަދި ފުރުސަތު ދިނުމުގައި ފާއިތުވި ތިން އަހަރުކޮށްފައިވާ މަސައްކަތްތަކަށް ބަލައި އިސްކަން ދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު