ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 19:30 އިން ފެށިގެން 23:00 އާއި ދެމެދުގެ ވަގުތަށެވެ.
އެ އިދާރާއިން ބުނެފައިވަނީ ސަމާލު ނެރެފައިވާ ގަޑިތަކުގައި، މި ސަރަހައްދުތަކަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރާ، އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިދުވަސްކޮޅަކީ މޫސުން ގޯސްވެފައިވާ ދުވަސްކޮޅަކަށް ވާތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު