މިއަދު އިދިކޮޅު ފަރާތްތަކަށް އެންމެ އުނދަގޫވާ އެއްކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ރައީސް ވަނީ ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި މުއައްސަސާތަކާ ވެސް ބައްދަލު ކުރައްވާފައެވެ. ހާއްސަކޮށް އިސްރަށްވެހިންނާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ ވާހަކަތައް އައްސަވާ ހައްދަވާފައިވެއެވެ.
ދަތުރުފުޅުގައި ރ. އަތޮޅުގައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ މާލެ ވަޑައިގެންފައިވާތީ އެކަމާ ގުޅުވައި ޝިޔާމް އެކްސްގައި ވިދާޅުވީ، މިދަތުރުފުޅު ވެސް ވެގެން މިދިޔައީ ރ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި އަދި ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފެށިގެންދިޔަ ދަތުރުފުޅަކަށްކަމަށެވެ.
އަދި މިއީ އުއްމީދުތަކެއް ގެނުވި ތާރީހީ ދަތުރުފުޅެއް ކަމަށާއި ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރައީސް ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުންކަމަށާއި، ވަކިން ހާއްސަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރިވަގުތުތަކުގެ ސަބަބުންކަމަށެވެ.

ރައީސްގެ ރ.އަތޮޅުގެ ދަތުރުފުޅުވެސް ވެގެން މިދިޔައީ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން ގެނުވި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅަކަށް. ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސް ޑރ. @MMuizzu ރާއްޖޭގެ… pic.twitter.com/5am29Rb8NQ
— Ahmed Shiyam (@Shiyamaldives) January 24, 2025
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ މާލެ ވަޑައިގެންފައިވާތީ އެކަމާ ގުޅުވައި ޝިޔާމް އެކްސްގައި ވިދާޅުވީ، މިދަތުރުފުޅު ވެސް ވެގެން މިދިޔައީ ރ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި އަދި ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފެށިގެންދިޔަ ދަތުރުފުޅަކަށްކަމަށެވެ.
އަދި މިއީ އުއްމީދުތަކެއް ގެނުވި ތާރީހީ ދަތުރުފުޅެއް ކަމަށާއި ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރައީސް ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުންކަމަށާއި، ވަކިން ހާއްސަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރިވަގުތުތަކުގެ ސަބަބުންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު