ރާއްޖެއަށް މިއަދު އައި ޗައިނާގެ ފަތުރުވެރިން
ރާއްޖެއަށް މިއަދު އައި ޗައިނާގެ ފަތުރުވެރިން
މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓު ޗައިނާއިން މިއަދު އައީ 200 ފަތުރުވެރިން ގޮވައިގެން ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުގައި ޗައިނާއިން 200 ފަތުރުވެރިން މިއަދު އައިސްފައިވާއިރު އެމީހުންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެގޮތުން އެ ފަތުރުވެރިންނަށް ހިލޭ ރިޓާން ޓިކެޓާއި އެކްސްކްލޫސިވް ހޮލިޑޭ ޕެކޭޖުތައް ދީފައިވެއެވެ.



މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ބެއިޖިންއަށް ފަށާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބެއިޖިންގއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ބެއިޖިންގެ އިތުރުން ޤައުމީ އެއަރލައިނުން ވަނީ ޗެންޑޫއަށްވެސް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ޝަންގހާއީއަށްވެސް ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން